ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ނުހަނު ބާރަށް ފެތުރެމުންދާތީ، މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދިވެހިން ޗައިނާއަށް ދަތުރުނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި މި ބަލި ފެތުރެމުންދާ އެހެން ޤައުމުތަކަށްވެސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ނުވަތަ އެޤައުމާ އެންމެ ކައިރި ދިވެހި އެމްބަސީއެއްގައި ރަޖިސްޓްރީވުމަށްވެސް އިލްތިމާސްކުރަމެވެ.

އަދި ބޭރު ޤައުމެއްގައި ދިރިއުޅޭ ދިވެހިން އެ ދިރިއުޅޭ ޤައުމެއްގެ ކަމާބެހޭ ސިއްޙީ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށާއި އަމަލުކުރުމަށްވެސް ދަންނަވަމެވެ.

ދިވެހިރާއްޖޭގެ އެމްބަސީތަކުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މައުލޫމާތު، މި މިނިސްޓްރީއާއި އެމްބަސީތަކުގެ ވެބްސައިޓުންނާއި މި ނޫސް ބަޔާނުގެ ތިރީގައި ދަންނަވާފައި އެވަނީއެވެ.

                                                                            Amended Mission Contacts