ބަޔާންތައް

އޮމާން ވިސާއާ ގުޅޭގޮތުން ނެރޭ ނޫސްބަޔާން

ދިވެހިން އޮމާންއަށް ދަތުރުކުރުމާގުޅޭގޮތުން 2023 މާރިޗު 30 ވީ ބުރާސްފަތި ދުވަހު މި މިނިސްޓްރީން ޝާއިއުކޮށްފައިވާ ނޫސްބަޔާނާ ގުޅޭގޮތުން ދަންނަވަމެވެ.

އެ ނޫސްބަޔާނުގައި ދީފައިވާ މަޢްލޫމާތުތަކަކީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެއްވާފައިވާ ރަސްމީ މަޢުލޫމާތުކަމުގައި ދަންނަވަމެވެ. 

ނަމަވެސް، އެއަށްފަހު މި މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ އަންނަނިވި ޝަރުތުތައް ފުރިހަމަވުމުންނެވެ.

1-    އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮތުން.

2-    ހޮޓެލް ބުކިންގ، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން.

މިހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަންގަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. 

އަދި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ މި މިނިސްޓްރީން މަޝްވަރާކުރަމުންގެންދާ ވާހަކަ ދެންނެވީމެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960