ހަތިޔާރު ނައްތާލުމާއި މަދުކުރުން

ޤައުމުތަކުގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހަތިޔާރުގެ ބޭނުން ކުރުމުގެ ބަދަލުގައި އ.ދ.ގެ ޗާޓަރުގައިވާ ފަދައިން ޤައުމުތަކުގެ ބައިވެރިވުމާއެކު މަޝްވަރާކޮށްގެން ޙައްލު ހޯދުމަކީ ދިވެހިރާއްޖެއިން ޤަބޫލުކުރާ ހަމައެވެ.

ހަތިޔާރު ނައްތާލުމަށާއި މަދުކުރުމަށް ދިވެހިރާއްޖެއިން ވަކާލާތުކުރަމެވެ. އެގޮތުން، ހަތިޔާރު ނައްތާލުމާއި މަދުކުރުމާ ގުޅޭ ބައިނަލްއަޤުވާމީ ތަފާތު މުޢާހަދާތަކުގައި ދިވެހިރާއްޖެއިން ވާނީ ބައިވެރިވެފައެވެ. މީގެތެރޭގައި ޓްރީޓީ އޮން ނޮން-ޕްރޮލިފެރޭޝަން އޮފް ނިއުކްލިއަރ ވެޕަންސް (ޓީޕީއެންޑަބްލިއު) އާއި ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް (ސީސީއެމް) އާއި ޔޫ.އެން. އާމްސް ޓްރޭޑް ޓްރީޓީ (އޭޓީޓީ) ހިމެނެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960