ޚަބަރު

ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަން (Xizang Autonomous Region) ގެ ފަރާތުން 1500 ޓަނުގެ ބޯފެން ދިވެހި ރާއްޖެއަށް ހިލޭ ހަދިޔާކުރެއްވުން

Ref:2024/PR/75

ޗައިނާގެ ޝީޒަންގ އޮޓޮނޮމަސް ރީޖަން  (Xizang Autonomous Region)  ގެ ޗެއަރމަން 2023 ނޮވެމްބަރުގައި  މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި 1500 ޓަނުގެ ބޯފެން ދިވެހިރާއްޖެއަށް ހަދިޔާކުރައްވަން ގަސްދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. މިގޮތުން، އެފަރާތުން ހިލޭ ހަދިޔާކުރައްވާ ފެނުގެ ޝިޕްމަންޓް މިހާރުވަނީ ރާއްޖެ އައިސްފައެވެ.

ދިވެހި ސަރުކާރުން ނިންމަވާފައިވަނީ މިފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިކަންދިމާވާ ހާލަތްތަކުގައި  އެރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށެވެ.

  pdf 2024PR75 (632 KB)

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960