ފަލަސްޠީނުގެ މައްސަލަ

އިޒްރޭލާއި ފަލަސްޠީނާ ދެމެދު އުފެދިފައިވާ މައްސަލައަށް ޙައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށާއި ސަރަޙައްދުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބުރޫއަރާގޮތަށް އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އަމިއްލަ ވަޠަނެއްގައި އުޅުމުގެ މިނިވަންކަން ހިމެނޭހެން، ފަލަސްޠީނުގެ ރައްޔިތުންގެ ވަކިނުކުރެވޭނެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ފަލަސްޠީނު ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރާކަން ރާއްޖެއިން ތަކުރާރުކުރަމެވެ.

އުފެދިފައިވާ މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް ލިބޭނެ ހަމައެކަނި މަގަކީ 1967ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް އެޤައުމެއްގެ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ  މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށްގެންކަމަށް ދިވެހިރާއްޖެއިން ޤަބޫލުކުރަމެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960