ކައުންޓަރޓެރަރިޒަމް

ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމަށް ދިވެހިރާއްޖެއިން ގެންގުޅެނީ ޒީރޯ-ޓޮލަރެންސް ޕޮލިސީއެކެވެ. ނިރުބަވެރިކަމުގެ ޢަމަލެއް ހިންގާ، ނުވަތަ އެފަދަ ކަމަކަށް މާލީ އެހީ ފޯރުކޮށްދީ، ބައިވެރިވެ، އެކަމަށް ހިތްވަރުދީ ނުވަތަ އެހެނިހެން ގޮތްގޮތުން ވެސް ނިރުބަވެރިންނަށާއި ހައްދުފަހަނައަޅާފައިވާ ފަރާތްތަކަށް ވާގިދޭ ނުވަތަ ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ހަލުވިކަމާއެކު ފިޔަވަޅު އެޅުމަށް ދިވެހިރާއްޖެއިން ވަނީ ވަޢުދުވެފައެވެ.

ނިރުބަވެރިކަމާ ދެކޮޅަށް ރޭވުންތެރިކަމާއެކު ފުރިހަމަގޮތެއްގައި މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން އޮތީ ތައްޔާރަށެވެ. އެގޮތުން، ނިރުބަވެރިކަމާ ދެކޮޅަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން، 2019 އޮކްޓޯބަރުގައި ރައީސް ޞާލިޙު ވަނީ ޓެރަރިޒަމް މަނާ ކުރާ ޤާނޫނަށް ހުށަހެޅުނު ދެވަނަ އިޞްލާޙު ތަޞްދީޤުކުރައްވާފައެވެ. މިއިޞްލާޙުގައި ވަނީ ސިޔާސީ އަދި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި ހައްދުފަހަނައެޅުމަށް މަގުފަހިކޮށްދިނުމަކީ ނިރުބަވެރިކަމުގެ ޢަމަލުތަކެއްގެ ގޮތުގައި ހިމަނާފައެވެ.

ގްލޯބަލް ކައުންޓަރ ޓެރަރިޒަމް ސްޓްރެޓަޖީ ކުރިއަށްދާ ގޮތް ބެލުމަށް ޤާއިމުކުރެވިފައިވާ ނިޒާމުގައި ދިވެހިރާއްޖެއިން އަންނަނީ ބައިވެރިވަމުންނެވެ. އ.ދ.ގެ ޢާއްމު މަޖިލީހުން ކޮންމެ ދެއަހަރުން އެއް އަހަރު މި ސްޓްރެޓެޖީ މުރާޖަޢާކުރަމުންދާތީ އެސްޓްރެޓެޖީއަކީ ނިރުބަވެރިކަމާ ދެކޮޅަށް މެމްބަރު ޤައުމުތަކުންދޭ އަހައްމިއްޔަތުކަން މެދުކެނޑުމެއްނެތި ދައްކުވައިދޭ ލިޔުމެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960