ބަޔާންތައް

މެލޭޝިއާ އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

މެލޭޝިއާ އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް

މެލޭޝިއާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކާއި ގުޅިގެން 1 0ޑިސެމްބަރ 2023 އިން ފެށިގެން މެލޭޝިއާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު މެލޭޝިއާއަށް އެތެރެވުމުގެ ކުރިން "މެލޭޝިއާ ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް މެލޭޝިއާ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ. މި އޮންލައިން ފޯމް ފުރުމަށް އަންގާފައި މިވަނީ ފުރުމުގެ ކުރިން، https://imigresen-online.imi.gov.my/mdac/main، މި ލިންކް މެދުވެރިކޮށް، ދަތުރަށް ފެށުމުގެ ތިން ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

 

މެލޭޝިއާ އިމިގްރޭޝަނުން ނެރުނު "ވިސާ ލުއިކުރުމުގެ ޕްރޮގްރާމް" ގެ ދަށުން އާންމުކުރެއްވި މި ޕޮލިސީ އަޕްޑޭޓްގައިވާ ގޮތުން ވިސާގައި މެލޭޝިއާއަށް ދަތުރުކުރާ ޤައުމުތަކުގެ ޕެސެންޖަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބެއެވެ. އަދި މީގެ ސަބަބުން ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވެއެވެ. އަދި،  ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "ސޯޝަލް އެންޓްރީ ވިސާ" ގައި މެލޭޝިއާއަށް ދަތުރު ކުރެވޭނެއެވެ.

 

އެހެންކަމުން މެލޭޝިއާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން މެލޭޝިއާ ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ. އަދި މިފުރުޞަތުގައި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ދަންނަވަމެވެ. 

Tags :

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960