ޚަބަރު

29 ސެޕްޓެމްބަރ 2016

ދިވެހިރާއްޖެއާއި ޗައިނާ އާއި ދެމެދު އުފެދިފައިވާ ގުޅުން ވޭތުވެދިއަ އަހަރުތަކުތެރޭ އިތުރަށް ހަރުދަނާވެފައިވާކަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އަލްފާޟިލާ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އެކަަމަނާ މިހެންވިދާޅުވީ ޗައިނާ އެމްބަސީ އިން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ބޭއްވި އެޤައުމުގެ 67ވަނަ ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަންފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށާއި އެޤައުމުގެ ރައްޔިތުންނަށް ޤައުމީދުވަހުގެ ތަހުނިއާ ދެންނެވިއެވެ. މީގެ އިތުރުން  ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަރުދަނާ ގުޅުންތަކަށް އަލިއަޅުއްވާލައްވާ ޗައިނާ އިން ދެއްވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވިއެވެ. އަދި ޗައިނާ –މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަކީ މި ދެ ޤައުމުގެ ގާތްގުޅުން ދައްކަވައިދޭ ރަމްޒެއްކަމުގައިވެސް ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960