Ref: 2024/PR/88
ޚާރިޖީ ވަޒީރު މޫސާ ޒަމީރު 'ވަރލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބޮރޭޝަން، ގްރޯތް އެންޑް އެނަރޖީ ޑިވެލޮޕްމަންޓް' ބައްދަލުވުމުގެ ތެރެއިން "އިންފޯމަލް ގެދަރިންގ އޮފް ވަރލްޑް އިކޮނޮމިކް ލީޑަރސް (އައި.ޖީ.ޑަބްލިއު.އީ.އެލް.) 'ޗަރޓިން އަ ގްލޯބަލް ސެކިއުރިޓީ ގްރޯތް އެޖެންޑާ' ގެ ޝިއާރުގެ ދަށުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އިސްވެރިންނަށް ހާއްސަކޮށް ބޭއްވި "އިންފޯމަލް ގެދަރިންގ އޮފް ވަރލްޑް އިކޮނޮމިކް ލީޑަރސް (އައި.ޖީ.ޑަބްލިއު.އީ.އެލް.) ހައި ލެވެލް ލަންޗަން" ގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 80 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމާ ގުޅޭ ގޮތުންނާއި، މެދުއިރުމަތީގައި ހިނގަމުންދާ ކަންކަމާއި އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެއްވިއެވެ.
ވަރލްޑް އިކޮނޮމިކް ފޯރަމްގ އައި.ޖީ.ޑަބްލިއު.އީ.އެލް. ބައްދަލުވުންތަކަކީ މި ފޯރަމްގެ ބައިވެރިންގެ ތެރެއިން އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކެވެ.