ޚަބަރު

ޕޯޗުގަލް ގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޕޯޗުގަލް ގެ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/114

ޕޯޗުގަލް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޕައުލޯ ރަންހެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ޕޯޗުގަލް ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ޕޯޗުގަލް ގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ.

ދިވެހިރާއްޖެ  އާއި  ޕޯޗުގަލް  އާ  ދެމެދުގައި  އޮންނަ  ގުޅުން  އިތުރަށް  ހަރުދަނާ  ކުރުމަށް  މަނިކުފާނާ ގުޅިގެން މަސައްކަތް  ކުރުމަށް އަޅުގަނޑު  ތައްޔާރަށް ހުރިކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960