ޚަބަރު

ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާވަޑައިގެންފި
Featured

ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާވަޑައިގެންފި

Ref: 2026/PR/115

މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ، 7 ވަނަ ޗައިނާ– ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ– ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޗައިނާއަށް މިއަދު ފުރާވަޑައިގެންފިއެވެ. 

މިނިސްޓަރ އިރުތިޝާމް ގެ މި ދަތުރުފުޅުގައި 7 ވަނަ ޗައިނާ–ދަ ސައުތު އޭޝިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކީނޯޓް އެޑްރެސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ކަމަނާގެ މި ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޔުނާން ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960