ޚަބަރު

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް އިންޑިއާއިން ހިލޭ އެހީ ދެއްވައިފި

އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި 1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ކަނޑައަޅުއްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

ތޫފާން ހާގިބިސް ޖަޕާނަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޓޮޝިމިޓްސޫ މޮޓެގީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދު ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960