Ref: 2024/PR/282
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960
Ref: 2024/PR/281
ތައިލެންޑްގެ ޚާރިޖީ ވަޒީރުކަމަށް މަރިސް ސަންގިއަމްޕޮންގްސާ އަލުން އައްޔަންކުރެއްވުމާއި ގުޅިގެން، ޚާރިޖީ ވަޒީރު އަލްފާޟިލް މޫސާ ޒަމީރު، އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ތައިލެންޑްގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް މަނިކުފާނު އަލުން ޢައްޔަންކުރެއްވުމާ ގުޅިގެން ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާއި ތައިލެންޑްގެ ޒަމާންވީ ގުޅުމަކީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ އޮންނަ ގުޅުމެކެވެ. މިގޮތުން، ފާއިތުވީ އަހަރުތަކުގައި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އާލާވެ ބަދަހިވަމުން އަންނަ ގާތް ރަޚްމަތްތެރިކަމުގެ ސަބަބުން މިގުޅުން ވަނީ އިތުރަށް ހަރުދަނާވެފައެވެ. މިހެންވެ، ދެޤައުމުގެ މެދެގައި މިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ދެނެގަނެ، އެދާއިރާތަކުން އިތުރަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ވަރަށް އިޙްލާސްތެރި އުއްމީދެއްކަމުގައި ދެންނެވީމެވެ.
މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ތައިލެންޑުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960