ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ޕާކިސްތާންގެ ޚާރިޖީ ވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ޕާކިސްތާންގެ ޚާރިޖީ ވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/52

ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
 
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

 "ޕާކިސްތާނުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، މަނިކުފާނަށާއި ޕާކިސްތާނުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަމެވެ.
 
ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި، ބަދަހި އެއްބާރުލުމުގެ މައްޗަށެވެ. ރާއްޖޭގެ ތަރައްޤީއަށް މުހިއްމު އެކިއެކި ދާއިރާތަކުން ޕާކިސްތާނުން ފޯރުކޮށްދެމުންދާ އެހީ އާއި ދެއްވާ އެއްބާރުލުން ދިވެހި ސަރުކާރުން ބަލައިގަނެ، ޝުކުރު އަދާ ކުރަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް މި އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމަށް އަޅުގަނޑު ޔަޤީން ކުރަމެވެ.
 
މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ދާއިމީ އަމާންކަމާއި، ކުރިއެރުމާއި، އުފާފާގަތިކަމަށް އަޅުގަނޑު އެދެމެވެ."
 
ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960