ޚަބަރު

އެންޓީގުއާ އެންޑް ބާރބިއުޑާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އެންޓިގުއާ އެންޑް ބާރބިއުޑާ ގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

އެންޓީގުއާ އެންޑް ބާރބިއުޑާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އެންޓިގުއާ އެންޑް ބާރބިއުޑާ ގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/328

އެންޓީގުއާ އެންޑް ބާރބިއުޑާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އެވަރލީ ޕޯލް ޗެޓް ގްރީން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

‏‎"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި އެންޓީގުއާ އެންޑް ބާރބިއުޑާ ގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، އެންޓިގުއާ އެންޑް ބާރބިއުޑާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

‏‎ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި އެންޓިގުއާ އެންޑް ބާރބިއުޑާ އިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަން އަޅުގަނޑަށް ޔަޤީނެވެ.

‏‎އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960