ޚަބަރު

‎އިޓަލީވިލާތު ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‎އިޓަލީވިލާތު ގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/106

އިޓަލީވިލާތު ގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، ހިޒް އެކްސަލަންސީ އެންޓޯނިއޯ ތަޖާނީ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި އިޓަލީވިލާތު ގެ ސަރުކާރަށާއި ރައްޔިތުންނަށް، އިޓަލީވިލާތު ގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެ އާއި އިޓަލީވިލާތާ ދެމެދު އޮންނަ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކޮށް، ދެ ޤައުމުގެ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމާ އެއްބާރުލުމުގެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންގެ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރުވަނިވި ގޮތެއްގައި އިތުރަށް މި ގުޅުން ބަދަހިކުރުމަށާއި ކުރިއެރުވުމަށް މަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމަށް އަޅުގަނޑު އުންމީދު ކުރަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960