Ref: 2026/PR/23
ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ، ގްލައުކް ކޮންޗޫސާ އަށް ދިވެހިރާއްޖޭގެ ޚާރިޖީޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިކުފާނަށާއި ކޮސޯވޯގެ ސަރުކާރަށާއި ރައްޔިތުންނަށް، ކޮސޯވޯގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، މުސްތަޤްބަލުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ