Ref: 2026/PR/37
ޙާރިޖީ ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ކުވައިތުގެ ޤައުމީ ދުވަސް އަދި ލިބަރޭޝަން ދުވަހުގެ މުނާސަބަތުގައި، މަނިކުފާނަށާއި ކުވައިތުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުން އަރިސްކުރަމެވެ.
މި މުނާސަބަތުގައި ކުވައިތުގެ މިނިވަންކަމާއި، އެއްބައިވަންތަކަމާއި، ޤައުމީ ތަރައްޤީއަށް ކުވައިތުގެ ރައްޔިތުން ކުރައްވާފައިވާ ބުރަ މަސައްކަތްތަކާއި ދައްކަވާފައިވާ ހިތްވަރުގެ އަގު ވަޒަންކުރަމެވެ.
ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އޮންނަ ޒަމާންވީ ގާތް އަޚުވަންތަކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން ނުހަނު އަހަންމިއްޔަތުކަމެއް ދެއްވާ ގުޅުމެކެވެ. އަދި މަނިކުފާނުގެ ދައުރުގައި ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ.
މި ފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަށް އެދި މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކުރަމެވެ."
ނިމުނީ.