ޚަބަރު

‎އެސްޓޯނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‎އެސްޓޯނިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/34

‎އެސްޓޯނިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މާރްގުސް ސަޚްނާ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެސްޓޯނިއާގެ މިނިސްވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެސްޓޯނިއާގެ ރައްޔިތުންނަށް އިޚްލާސްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. 

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އައު ދާއިރާތަކުން ފުރުސަތުތައް ފަހިކުރުމަށް އުންމީދުކުރަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އައުކޮށް، އެކަން ޔަޤީންކަން އެރުވުމަށް، މި ފުރުސަތު ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960