ބަޔާންތައް

4 އޭޕްރިލް 2017

ރަޝިޔާގެ ސެއިންޓް ޕީޓާރޒްބާގަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުޙައްމަދު ޢާޞިމް، ރަޝިޔާގެ ފޮރިން މިނިސްޓަރ ހިޒް އެކްސަލަންސީ ސަރޖޭ ވީ. ލާރޯވްއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

2017 އޭޕްރީލް 3

 ރާއްޖެއިން ބޭރުގައި ދިވެހިންނަށް ދިމާވާ އެކިއެކި ކަންކަމުގައި ބޭނުންވާ ކޮންސިއުލަރ ޚިދްމަތްތައް ފޯރުކޮށްދިނުމަކީ މި މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން، ރާއްޖެއިން ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށާއި، ރާއްޖެއ ބޭރުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށާއި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ޙާލަތްތަކުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިމިނިސްޓްރީއާއި ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންތަކުން ގެންދަނީ ކޮންސިއުލަރ ޚިދްމަތްތައް ފޯރުކޮށްދެމުންނެވެ.

2 އެޕްރީލް 2017، މާލެ 

ޕޯޗުގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޮއާއޮ ޑޮ ކަރމޯ އަޓައިޑެ ޑަ ކަމަރާ، ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޢާޞިމާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރ އާސިމް ވަނީ  ޕޯޗުގަލްގެ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ..

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960