ޚަބަރު

ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް ރަޝިޔާގެ ފޮރިން މިނިސްޓަރ އަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފި

4 އޭޕްރިލް 2017

ރަޝިޔާގެ ސެއިންޓް ޕީޓާރޒްބާގަށް ދިން ޓެރެރިސްޓް ހަމަލާއާއި ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ މުޙައްމަދު ޢާޞިމް، ރަޝިޔާގެ ފޮރިން މިނިސްޓަރ ހިޒް އެކްސަލަންސީ ސަރޖޭ ވީ. ލާރޯވްއަށް ހަމްދަރްދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިމެސެޖުގައި މިޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއި އެކު ކަމަށް ވިދާޅުވެ، މި ޓެރަރިސްޓް ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކުރައްވާފައެވެ. އަދި ދުނިޔެއިން ޓެރެރިޒަމް ނައްތާލުމަށްޓަކައި ދިވެހިރާއްޖެއިން ސާބިތުވެ މަސައްކަތްކުރާނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ.

އަދި ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސެއިންޓް ޕީޓާރޒްބާގް ހަމަލާގައި މަރުވެ، އަނިޔާ ފަރާތްތަކާއި ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.  

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960