މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960
ޖުލައި 5، 2024 - މާލެ
ވެވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އިވާން ހިލް ޕިންޓޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެ
މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ
ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވެނެޒުއޭލާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮއެދުންތައް، މަނިކުފާނާއި ވެނެޒުއޭލާ ސަރުކާރަށް އަދި އެންމެހާ ރައްޔިތުންނަށް ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ވެނެޒުއޭލާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ
ނިމުނީ
ޖުލައި 5, 2024
ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖނަލް އިންޓެގްރޭޝަން ރޫއީ އެލްބަރޓޯ ފީގޭރޭޑޯ ސުއާރެސްއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ
މިނިސްޓަރުގެ މެސެޖު ތިރީގައި އެ ވަނީއެވެ
ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ކާބޯ ވަރޑޭގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރަމެވެ
އަދި އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ދެ ޖަޒީރާ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމެވެ
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ