ޚަބަރު

އެރިޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

1ޖުލައި 2024

އެރިޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަލެމް ސަހާޔޭ ވޯލްޑަމަރިއަމް، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ މޫސާ ޒަމީރުވަނީ އެމްބެސެޑަރ ވޯލްޑަމަރިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އެރުވުމުން، އެވމަނިކުފާނަށް ތަޙުނިޔާ ވިދާޅުވެފައެވެ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖެއާއި އެރިޓްރިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން ވާހަކަފުޅުދައްކަވައި ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ޙަމީދާއި ޑިރެކްޓަރ އަޙްމަދު ފަޒީލް އަދި ޗީފް ޖެނެރަލް ސަރވިސް އޮފިސަރ މިޒްނާ ވަޙީދު، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ

ބުރުންޑީގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

1 ޖުލައި 2024

ބުރުންޑީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަލްބަޓް ޝިންގިރޯއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ

ބުރުންޑީގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަޙުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުން ޝާމިލްވާގޮތަށް، މަނިކުފާނަށާއި ބުރުންޑީގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރަމެވެ

އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖެއާއި ބުރުންޑީގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

ސޯމާލިއާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

1 ޖުލައި 2024

ސޯމާލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އަޙްމަދު މުއައްލިން ފިކީ އަޙްމަދަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

.މިނިސްޓަރުގެ މެސެޖު ތިރީގައި އެ ވަނީއެވެ.

ސޯމާލިއާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ސޯމާލިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް  އަރިސްކުރުމަކީ  އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ 

އަޅުގަނޑުގެ  އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމެވެ 

މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ސޯމާލިއާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960