ޚަބަރު

ކާބޯ ވަރޑޭގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

 ޖުލައި 5, 2024

ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖނަލް އިންޓެގްރޭޝަން ރޫއީ އެލްބަރޓޯ ފީގޭރޭޑޯ ސުއާރެސްއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެ ވަނީއެވެ

ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ކާބޯ ވަރޑޭގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރަމެވެ

އަދި އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ދެ ޖަޒީރާ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

4 ޖުލައި 2023، މާލެ

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އެންތަނީ ބްލިންކަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ

، އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި އެމެރިކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަށް ނަމުގައި، ތަހުނިޔާ ފޮނުވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެކެވެ

ފާއިތުވި އަހަރުތަކުގައި ރާއްޖެއާއި އެމެރިކާގައި ރެސިޑެންޓް އެމްބަސީތައް ހުޅުވުމާއެކު އެމެރިކާއާއެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އެހެންކަމުން، އަޅުގަނޑުގެ އުންމީދަކީ ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި އެމެރިކާ ރައްޔިތުންނަށް ސުލްހައާއި ތަނަވަސްކަން ލިބުމަށް އަޅުގަނޑު އެދެމެވެ. އަދި ‎މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ

ނިމުނީ.

ބެލަރޫސްގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

 ޖުލައި 3، 2024، މާލެ 

ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސާރްގޭ އިލްނިކް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ބެލަރޫސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލަރޫސްގެ ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

އަދި ބެލަރޫސްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދި، މަނިކުފާނަށް ހެޔޮ އެދުންތައް އަރިސްކުރަމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960