ޚަބަރު

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވައިފި

އިންޑޮނޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ފޮނުއްވައިފި

Ref: 2025/PR/252

އިންޑޮނޭޝިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ސުޖިއޯނޯ އަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 
މިނިސްޓަރގެ މެސެޖު ތިރީގައި އެވަނީއެވެ.

"އިންޑޮނޭޝިއާގެ 80ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި އިންޑޮނޭޝިއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާއި ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. 
މިފުރުސަތުގައި މަނިކުފާނުގެ ދުޅަހެޔޮ ސިއްހަތާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960