ޚަބަރު

ރުވާންޑާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި

1 ޖުލައި 2024

ރުވާންޑާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އޮލިވިއޭ ނުޑުހުންގިރެހެ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

ރުވާންޑާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ރުވާންޑާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަޙުނިޔާއާއި އިޚުލާޞްތެރި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ

އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ވަރަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އަރުވަމެވެ  

މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތާއި ރުވާންޑާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960