ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

Ref: 2026/PR/56

ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ  ޚަލީލޫރު ރަހުމާން  އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 
ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ. 

"ބަންގްލަދޭޝްގެ 55 ވަނަ ޤައުމީ ދުވަސް އަދި މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، މަނިކުފާނަށާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ބިނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޚްތިރާމް އާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި ބަދަހި އެއްބާރުލުމުގެ މައްޗަށެވެ.   ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުން ގެ ފަރާތުން ފޯރުކޮށްދެމުންދާ އެހީ އާއި އެއްބާރުލުން ނުހަނު އިޚްލާޞްތެރިކަމާއެކު ބަލައިގަނެ، އެކަމަށް ޝުކުރު އަދާކުރަމެވެ. އަޅުގަނޑުގެ އުއްމީދަކީ މިހާރު މިއޮތް ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެ، އިތުރު އާ ދާއިރާތަކަކުން ގުޅުން ބަދަހިވެގެން ދިއުމެވެ. 

އަދި ދެ ޤައުމުން އިސްކަންދޭ އަދި ދެ ޤައުމުގެ  މަޞްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތްކޮށް، ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ވެސް ދަންނަވަމެވެ.

މަނިކުފާނަށް  ދުޅަހެޔޮ  ޞިއްޙަތަކާއި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދި،  އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުން ކުރީމެވެ.  

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960