ޚަބަރު

ރާއްޖޭގެ ބައެއް ސްކޫލްތަކަށް ޕާކިސްތާން ސަރުކާރުން ލެޕްޓޮޕްތަކެއް ހަދިޔާ ކުރައްވައިފި

30 އޭޕްރިލް 2017 ، މާލެ،

ޕާކިސްތާނުގެ ފުރަތަމަ ގަވަރުނަރު މުޙައްމަދު ޢަލީ ޖިނާޙް ގެ ނަންފުޅުން ނަންދެވިފައިވާ ސްކީމް "ޖިނާޙް ލެޕްޓޮޕް" ގެ ދަށުން ދިވެހިރާއްޖޭގެ ބައެއް ސްކޫލްތަކުގެ އެންމެ މޮޅު ދަރިވަރަކަށް ޕާކިސްތާން ސަރުކާރުން 15 ލެޕްޓޮޕް ހަދިޔާ ކުރައްވައިފިއެވެ. މި ލެޕްޓޮޕްތައް ދެއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ބައެއް ސްކޫލްތަކަށާއި ވިލިނގިލި އާއި ހުޅުމާލެ އަދި އައްޑޫ ގެ ސްކޫލަކަށެވެ.  

 

 މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢައިޝަތު ޝިހާމް އާ އެ 15 ލެޕްޓޮޕް ޙަވާލު ކޮށްދެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ސައްޔިދު ޚަވާރު ޢަލީ އެވެ.

މި ލެޕްޓޮޕް ތަކަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރި އެރުވުމަށް ޕާކިސްތާން ސަރުކާރުން ދެއްވާ އެހީގެ ދަށުން އެ ޤައުމުން ހަދިޔާ ކުރެއްވި ލެޕްޓޮޕް ތަކެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960