ޚަބަރު

ރާއްޖޭގައި ހުންނަވާ މެލޭޝިއާގެ އޮނަރަރީ ކޮންސުލްއަށް ޚާރިޖީ ވަޒީރު އެކްޒިކިއުޓަރ ހަވާލުކުރެއްވުން

Ref: 2024/PR/401

‎ރާއްޖޭގައި ހުންނަވާ މެލޭޝިއާގެ އޮނަރަރީ ކޮންސުލްގެ ގޮތުގައި މެލޭޝިއާ ސަރުކާރުން އައްޔަންކުރައްވާފައިވާ އަލްފާޟިލް ރާގިބު އަޙްމަދު ޚަލަފް އަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު އެކްޒިކިއުޓަރ ހަވާލުކުރައްވައިފިއެވެ. މި ލިޔުން މިނިސްޓަރ ޚަލީލު ހަވާލުކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޙަލީލުވަނީ ދެޤައުމުގެ މެދުގައިވާ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގައި އޮނަރަރީ ކޮންސުލުންގެ މުހިންމު ދައުރަށް އަލިއަޅުވާލައްވާފައެވެ.  

އޮނަރަރީ ކޮންސުލުންނަކީ އެބޭފުޅަކު އައްޔަންކުރާ ޤައުމުގެ ރައްޔިތުންނަށް ދިމާވާ އެކިމައްސަލަތައް ހައްލުކޮށްދިނުމާއި އެޤައުމަކުން ކަނޑައަޅުއްވާ ބައެއް ޙިދުމަތްތައް އެބޭފުޅެއްގެ ޤައުމުގައި ފޯރުކޮށްދިނުމަށްޓަކައި އައްޔަން ކުރެވޭ ބައެކެވެ. މިގޮތުން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެކްޒިކިއުޓަރ ހަވާލުކުރެއްވުމާއިއެކު، ރާއްޖޭގައި ހުންނަވާ މެލޭޝިއާގެ އޮނަރަރީ ކޮންސުލްގެ ގޮތުގައި އަލްފާޟިލް ރާގިބު އަޙްމަދު ޚަލަފް ކުރައްވަވާ މަސައްކަތްފުޅު ރަސްމީކޮށް ފެށިގެންދާނެއެވެ. 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960