ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ‏‏ނޮން-ރެސިޑެންޓް ސަފީރު ކަމަށް، ފާޠިމަތު ޢިނާޔާ ޢައްޔަން ޢައްޔަން ‏‏ކުރައްވައި، އެކަމަނާއަށް މަޤާމުގެ ފަތްކޮޅު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސިންގަޕޫރަށް ‏‏ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް މައްޗަންގޮޅީ ރެސްޓިންގ ހައުސް ފާޠިމަތު ޢިނާޔާ ޢައްޔަން ‏‏ކުރައްވައި، އެކަމަނާއަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، ބުދަ ދުވަހު ‏‏ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏

.‏‏ފާޠިމަތު ޢިނާޔާ‏، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމުގެ މަގާމަށް ‏‏ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ ‏‏މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިންނެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960