Ref: 2025/PR/166
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ޕެރެގުއޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ފްލެމީ ރައުލް ދުއަރްތޭ ރަމޯސް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވަނީ ސަފީރު ރަމޯސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އިއްޔެ އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ސަފީރު ރަމޯސް، ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ޕެރެގުއޭ އާއި ދިވެހިރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ޑޮކްޓަރ ޚަލީލްގެ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސްޓޭޓް މިނިސްޓަރ ޑރ. މަރިޔަމް ޒުލްފާ އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރ، ފާތިމަތު ޒޭނާ އަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.