ޚަބަރު

އޮގަސްޓް މަހުގެ 2 އިން 4 އަށް ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވަނީ

އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީގެ ފަރާތުން ހިންގާ ޓެމްޕަރަރީ ޔޫކޭ ވިސާ އެޕްލިކޭޝަން ސެންޓަރެއް އަންނަ އޮގަސްޓްމަހުގެ 2 އިން 4 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ކުރިއަށްދާނެއެވެ.

ޔޫކޭ ވިސާއަށް އެދި ހުށަހެޅުން ކުރިއަށްދާނީ ފޮރިން މިނިސްޓްރީގައެވެ. ވިސާ އަށް އެދި ހުށަހެޅުމަށް ބުކިންގ ހައްދަވަން ޖެހިވަޑައިގަންނަވާނެއެވެ. ބުކިންގ ހެއްދޭނީ ތިރީގައި މިވާ ލިންކުންނެވެ:

https://www.vfsglobal.co.uk/lk/en

ޓެމްޕަރަރީ ވިސާ އެޕްލިކޭޝަން ޚިދުމަތަކީ އިނގިރޭސިވިލާތަށް މަތީތައުލީމު ހާސިލްކުރަމުންދާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވިސާ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ޚިދުމަތެކެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960