ޚަބަރު

ނޯވޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސެކްރެޓަރީ، ބައިލެޓަރަލްގެ އަރިހަށް ޒިޔާރަތްކުރައްވައިފި.

11 މެއި 2017، މާލެ 

 

ނޯވޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ތޮރބަން ގައުސްތަޑްސަތެރ ، ސެކްރެޓަރީ،ބައިލެޓަރަލް އަލްފާޟިލް އަޙުމަދު ޚަލީލްގެ އަރިހަށް ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މިބައްދަލުވުމުގައި އަލްފާޟިލް އަޙުމަދު ޚަލީލްވަނީ އެކި ދާއިރާތަކުން، ވަކިން ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން

، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މިސްޓަރ ތޮރބަން ގައުސްތަޑްސަތެރއާއި މަޝްވަރާކުރައްވާފައެވެ. އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) އަށް ނޯވޭގެ ފަރާތުން ދެއްވާ އެހީތެރިކަމަށް އަލްފާޟިލް އަޙުމަދު ޚަލީލްވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.  

 

މިބައްދަލުވުމުގައި، ސެކްރެޓަރީ ބައިލެޓްރަލްގެ އަރިހުގައި މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލާ ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960