Ref: 2025/PR/163
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ނޯވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، މައި-އެލިން ސްޓެނަރ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވަނީ ސަފީރު ސްޓެނަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އެރުވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ސްޓެނަރ ވަނީ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ބޭފުޅުންގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ތަޢުލީމީ ދާއިރާއާއި ކަނޑުގެ ދާއިރާގެ އިތުރުން ރާއްޖެއާއި ނޯވޭ އާ ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ވަޒީރު ޑޮކްޓަރ ޚަލީލްގެ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް މުޙައްމަދު ޝަހީބު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމްގެ އިތުރުން އެސިސްޓަންޓް ޑިރެކްޓަރ މަރްޔަމް ފާތިކާ ފަޔާޟު ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.