ޚަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެ

ތަޢުޒިޔާ ވިދާޅުވުން

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ އޭ.ކޭ. ޢަބްދުލް މޮމެން އާ ފޯނުން ގުޅުއްވައި މިއަދު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހިތާމަވެރި ހާދިސާގައި އެ ދެ ޤައުމުގެ ރައްޔިތުން ނިޔާވުމާ ގުޅިގެން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި މި ހާދިސާގައި ނިޔާވި އެ ޤައުމުތަކުގެ ރައްޔިތުންގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގަތެވެ. ހަމައެއާއެކު، މި ހާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަޙުގީގެއް ކުރަމުންދާ ވާހަކައާއި މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެހީއާއި އެއްބާރުލުން އެ ދެ ޤައުމުގެ ހައިކޮމިޝަން މެދުވެރިކޮށް، ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960