ޚަބަރު

މަލާވީގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަހުނިއާ ފޮނުއްވައިފި

މަލާވީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނެންސީ ޓެމްބޯއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިއާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.

"މަލާވީގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ކަމަނާއަށާއި މަލާވީގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ދިވެހިރާއްޖެއާއި މަލާވީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންގެންދާނޭކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ.

އަދި ކަމަނާއަށް ދުޅަހެޔޮ ޞިއްޙަތާއި މަލާވީގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދި، އަޅުގަނޑުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960