Ref: 2024/PR/150
މަޑަގަސްކާގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ރަފާރަވަވިތަފިކާ ރަސަތާއަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"މަޑަގަސްކާގެ މިނިވަން ދުވަހުގެ އުފާވެރި މުނާޞަބަތުގައި، ކަމަނާއަށާއި މަޑަގަސްކާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.
ކަމަނާއަށް ދުޅަހެޔޮ ސިއްޙަތާއި މަޑަގަސްކާގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."