ޚަބަރު

ލަގްޒަމްބަރގްގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ލަގްޒަމްބަރގްގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

Ref: 2025/PR/165

ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ ފޮރިން އެފެއާޒް އަދި މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް ހިއުމެނިޓޭރިއަން އެފެއާޒް، ޒަވިއޭ ބެޓެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ. 

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ލަގްޒަމްބަރގްގެ ސަރުކާރާއި ރައްޔިތުންނަށް ލަގްޒަމްބާގްގެ ގްރޭންޑް ޑިއުކްގެ ރަސްމީ އުފަންދުވަސް ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހޫނު މަރުހަބާ އެއް އަރިސްކުރަމެވެ.  

އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެކަމުގައި ޔަޤީންކުރަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމާއި ހެޔޮއެދުން ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ." 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960