Ref: 2024/PR/266
ކިރިގިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން އެޤައުމުގެ ޚާރިޖީ ވަޒީރު، ޒީންބެކް ކުލުބައެވް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"ކިރިގިސްތާނުގެ 33 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ކިރިގިސްތާނުގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ކިރިގިސްތާނާއި ދެމެދުގައިވާ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމީ އަޅުގަނޑުގެ އިޚްލާސްތެރި އުއްމީދެކެވެ.
އަދި މިފުރުސަތުގައި މަނިކުފާނަށް ދުޅަހެޔޮ ސިއްހަތާއި ކިރިގިސްތާނުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އަޅުގަނޑު އެދެމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ގަދަރު އާކޮށް، އެކަން ޔަގީންކޮށް އަރުވަމެވެ."
ނިމުނީ