ޚަބަރު

ޚާރިޖީ ސިޔާސަތާއި، އެ ސިޔާސަތާއިގުޅޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ސްކޫލްދަރިވަރުން ހިމެނޭހެން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ފޮރިން ސާރވިސް އިންސްޓިޓިއުޓުން 2023 ވަނަ އަހަރު ފެށުމަށް ނިންމައި

ޚާރިޖީ ސިޔާސަތާއި، އެ ސިޔާސަތާއިގުޅޭ މުހިންމު މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ސްކޫލްދަރިވަރުން ހިމެނޭހެން އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ފޮރިން ސާރވިސް އިންސްޓިޓިއުޓުން 2023 ވަނަ އަހަރު ފެށުމަށް ނިންމައި ސަރުކާރު އިދާރާތަކަށް ދައުވަތު ދިނުން

27 އޮކްޓޯބަރު 2021 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކޮށް ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 14 ނޮވެމްބަރު 2021 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައިވާ ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނަށް މިހާރު ޢަމަލު ކުރަން ފަށާފައިވާތީ، މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފޮރިން ސަރވިސް އިންސްޓިޓިއުޓް (ފޮސިމް)ގެ އެންމެހާ މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށްގެންދެވޭ އިންސްޓިޓިއުޓަކަށް މިހާރުމިވަނީ ބަދަލު ވެފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާރވިސް ޤާނޫނުގައިވާ ގޮތުގެ މަތީން، ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާގުޅޭ މުހިންމު މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއި، ޢާންމުންނާއި، ކިޔަވާކުދިން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަކީ ފޮރިން ސާރވިސް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

މިގޮތުން މި އިންސްޓިޓިއުޓް އިން ކުރިއަށް ގެންދާ ފޮސިމް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން، ސަރުކާރު ވުޒާރާތަކާއި، ސްކޫލް، އަދި ޔުނިވާރސިޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާރިޖީ ސިޔާސަތާއި، ޚާރިޖީ ސިޔާސަތާއި ގުޅޭ ހާއްސަކަންތައްތަކާއި، މި ސިޔާސަތުގެދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް ތަފާތު އެކި މޮޑިއުލް ތަކަކަށް ބަހާލައިގެން ޕްރޮގްރާމްތަކެއް 2023 ވަނަ އަހަރުން ފެށިގެން ހިންގުމުގެ ތައްޔާރީތައް ފޮރިން ސާރވިސް އިންސްޓިޓިއުޓުން ކުރިއަށް ގެންދަންވަނީ ނިންމާފައެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވުމުގެ ދައުވަތު ވާނީ، މިހާރު ސަރުކާރު ވުޒާރާތަކާއި، ގައުމީ ޔުނިވާރސިޓީ، ދެވިފައެވެ. އައުޓްރީޗް ޕްރޮގްރާމްގައި ހިންގޭ ސެޝަންތަކުގެ ތެރޭގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ގުޅުންތަކާއި، ކޮމާރޝަލް ޑިޕްލޮމަސީ، ކޮންސިއުލަރ އަދި ޕްރޮޓޮކޯލްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ދާނެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960