ޚަބަރު

ކާބޯ ވަރޑޭގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޒަމީރު މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

 ޖުލައި 5, 2024

ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖނަލް އިންޓެގްރޭޝަން ރޫއީ އެލްބަރޓޯ ފީގޭރޭޑޯ ސުއާރެސްއަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ

މިނިސްޓަރުގެ މެސެޖު ތިރީގައި އެ ވަނީއެވެ

ކާބޯ ވަރޑޭގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި އިޚުލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި ކާބޯ ވަރޑޭގެ ސަރުކާރަށް އަދި ރައްޔިތުންނަށް އަރިސްކުރަމެވެ

އަދި އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ދެ ޖަޒީރާ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެން ދިއުމެވެ

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960