ޚަބަރު

ޖޯރޑަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

 ޖުލައި 8، 2024

ޖޯރޑަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސަލަންސީ ޑރ. މައިން ޚުރައިސަތު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މި އިޙުތިރާމުގެ ޒިޔާރަތް ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ހައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުއެވެ

ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ޑރ. ޚުރައިސަތަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި ޖޯރޑަންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރާއި ސަފީރުވަނީ މަޝްވަރާކުރައްވާފައެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ޙަމީދާއި ޑިރެކްޓަރ އަޙްމަދު ފަޒީލް އަދި ޗީފް ޖެނެރަލް ސަރވިސް އޮފިސަރ މިޒްނާ ވަޙީދު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960