Ref: 2024/PR/151
ޖިބޫތީގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން މަހަމޫދު ޢަލީ ޔޫސުފަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ތަހުނިއާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރުގެ މެސެޖު ތިރީގައި އެވަނީއެވެ.
"މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ޖިބޫތީގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.
ދިވެހިރާއްޖެއާއި ޖިބޫތީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންގެންދާނޭކަމުގެ ޔަޤީންކަން މި ފުރުޞަތުގައި އަރުވަމެވެ.
ހަމައެއާއެކު، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ޖިބޫތީގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބުމަށް އެދި، އަޅުގަނޑުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."