ޚަބަރު

އެރިޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

1ޖުލައި 2024

އެރިޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަލެމް ސަހާޔޭ ވޯލްޑަމަރިއަމް، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ މޫސާ ޒަމީރުވަނީ އެމްބެސެޑަރ ވޯލްޑަމަރިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އެރުވުމުން، އެވމަނިކުފާނަށް ތަޙުނިޔާ ވިދާޅުވެފައެވެ

މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖެއާއި އެރިޓްރިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން ވާހަކަފުޅުދައްކަވައި ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ

މިނިސްޓަރ ޒަމީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ޙަމީދާއި ޑިރެކްޓަރ އަޙްމަދު ފަޒީލް އަދި ޗީފް ޖެނެރަލް ސަރވިސް އޮފިސަރ މިޒްނާ ވަޙީދު، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960