ޚަބަރު

ދިވެހިރާއްޖޭގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޛް މުޙައްމަދު ޠާހާ ސަފީރު ކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސްއަށް އަރުވައިފި

Ref: 2024/PR/252

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛް މުޙައްމަދު ޠާހާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނު ގެ ރަ އީސް ހިޒް އެކްސެލެންސީ އާ ސިފް އަލީ ޒަރްދާރީ އަށް މިއަދު އަރު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިސްލާމާބާދުގައި ހުންނަ ރައީސް އޮފީސް އައިވާން އޭ-ސަދްރ ގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނުވަނީ ޕާކިސްތާނުގެ ރައީސްއާ ބައްދަލު ކުރައްވާފައެވ.ެ މި ބައްދަލުވުމުގައ،ި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް އަރިސް ކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ދޭތެރޭގައި އޮތް ދުވަސްވީ އަހުވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ސާބިތުވެހުންނަވާނެ ކަމުގެ ޔަގީންކަން އެރުވި އެވެ. އަދި ފަތްކޮޅު އެރުވުމުގެ އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ޕާކިސްތާނުގެ ރައީސް ގެ ވާހަކަފުޅުގައ،ި ސަފީރުކަމުގެ މަޤާމާ ޙާވަލުވެވަޑައިގެންނެވުމާ ގުޅިގެން އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ އެ މަނިކުފާނު ދިވެހި ސަރުކާރަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަންވެސް އެރުވިއެވެ.

މި ރަސްމިއްޔާތުގައި ހައި ކޮމިޝަންގެ ސެކްން ޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ޔާސްމީން، ސެކަންޑް ސެ ކްރެޓަނީ އިސްމާޢީލް މުފީދު އަދި ޑިފެންސް އެޑްވައިސަރ ކާނަލް އިދްރީސް ބަދީއު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960