ޚަބަރު

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް، ފޮރިން ސެކްރެޓަރީގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތް ކުރެއްވުން

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް، ފޮރިން ސެކްރެޓަރީގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތް ކުރެއްވުން

2024/PR/11

ޖަޕާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ  ސައުތުވެސްޓް އޭޝިއަން އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް، ނަކަމުރޯ ރިޔޮ، ފޮރިން ސެކްރެޓަރީ އަލްފާޟިލާ ފާތިމަތު އިނާޔާގެ އަރިހަށް މިއަދު އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އިނާޔާ ވަނީ ނަކަމުރޯއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ދިވެހިިރާއްޖެއާއި ޖަޕާން އާ ދެމެދު އޮތް ޒަމާންވީ ޚާއްޞަ ގުޅުން ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެެއްވުމުގައި ދެ ޤައުމު ދެމެދު ގުޅުން އިތުރުކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ކުރިޔަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖެއާއި ޖަޕާން އާ ދެމެދު އެކިދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ޙާއްޞަގޮތެއްގައި އިޤްތިޞާދީ ތަރައްޤީއަށާއި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމުގެ އެއްބާުރުލުން އިތުރުކުރުމުގެ ޔަޤީންކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960