ޚަބަރު

ޑެންމާކް ގެ ރަސްގެފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ޑެންމާކް ގެ ރަސްގެފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

Ref: 2026/PR/101

ޑެންމާކް ގެ  ރަސްގެފާނުގެ އުފަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު  ހިޒް އެކްސަލަންސީ ލާސް  ލޫކެ  ރަސްމުސެން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

‏‎ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި،  ޑެންމާކް ގެ ރަސްގެފާނު ހިޒް މެޖެސްޓީ ކިންގް  ފްރެޑެރިކް  ދަ ޓެންތް ގެ  އުފަން ދުވަހުގެ  އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި  ޑެންމާކް ސަރުކާރަށާއި، ރައްޔިތުންނަށް ތަހުނިޔާ  އަރިސް ކުރަމެވެ. 

ދިވެހިރާއްޖެ  އާއި  ޑެންމާކް އާ  ދެމެދު  އޮންނަ  ރަޙްމަތްތެރިކަމުގެ ގުޅުމާއި އެއްބާރުލުން  މަނިކުފާނާއި އެކު ގާތުން މަސައްކަތްކޮށް، އިތުރަށް  ހަރުދަނާ  ކުރެވޭނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960