ޚަބަރު

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައިފި.

08 މެއި 2017، މާލެ 

އެއް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެން އުޅުއްވާ، ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ހިޒް އެކްސެލެންސީ ޗޭންގް ވޮން ސެމް، ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު ޢާޞިމް އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި މެދު މަޝްވަރާކުރެވިފައިވެއެވެ.

އަދި ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާއި ކޮރެއާ ދެމެދު އޮންނަ ޒަމާންވީ އެކުވެރިގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. 

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ، އަލްފާޟިލް އިބްރާހިމް ޝަހީބް އާއި ޑިރެކްޓަރ، އަލްފާޟިލް ޢަހްމަދު ސުޒިލް ‏ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960