ޚަބަރު

‏ ‏ބްރުނާއީ ގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

‏ ‏ބްރުނާއީ ގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ޚާރިޖީ ވަޒީރަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2026/PR/31

‏‎ބްރޫނާއީ ގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، އޮނަރަބަލް ދާތޯ އެރުވަން ޔޮސޮފް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ އަރިސްކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ މަނިކުފާނުގެ ސިޓީފުޅުގައި، ބްރޫނާއީ ގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބާގައި، ބްރޫނާއީ ގެ ޚާރިޖީ ވަޒީރަށާއި، ސަރުކާރަށާއި އަދި އެ ޤައުމުގެ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސް ކުރައްވާފައިވެއެވެ.
‏‎
އަދި ދިވެހިރާއްޖެ އާ ބްރޫނާއީ އާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއްކަމާއި ދެ ޤައުމަށްވެސް ފައިދާ ހުރި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމަށް އުއްމީދު ކުރައްވާ ކަމުގައި އެ މަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960