ބަޔާންތައް

ސ.ހުޅުދޫގައި "ވިލުނު" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދެއްވި ޚިޠާބު

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އިންޑިއާގެ ޙާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް އަޙްމަދު ނަސީމް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ، މަނޫ މަހާވަރް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން، ސިޓީ ކައުންސިލްގެ މެމްބަރުން އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ މުވައްޒަފުން. މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އައްޑޫ ސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު ހުޅުދޫ މީދޫގައި މިހުޅުވިގެންދާ ސިއްހަތާއި ބެހޭ މަރުކަޒަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި އަޅުގަނޑުމެއްގެ ސަމާލުކަން އާދަޔާ ހިލާފަށް ބޭނުންވެފައިވާ ދާއިރާއަކަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ހުޅިވިގެންދާ މަރުކަޒެއް. މި ތަނުގައި މިޖަލްސާގައި ދެންމެ މިނިސްޓަރ އޮފް ހެލްތް ދެއްކެވި ވާހަކަފުޅާ، ޑރ. ޖައިޝަންކަރު ދެއްކެވި ވާހަކަފުޅު އަޑުއެހި އިރު އަޅުގަނޑުގެ ހަދާނުން ސޮއްސާލައިގެން ދިޔައީ 1990 ގެ ކުރީކޮޅިގެ ތެރެއަށް. ކަންދިމާކުރި ގޮތުން އެޒަމާނުގައި ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ ޒުވާނެއްގެ ގޮތުން ރާއްޖޭގައި ޑްރަގްގެ ވަބާ ފެތުރެއް ފެށިއިރު އުފެއްދެވި ޑްރަގާއި ބެހޭ ކޮމިޓީގައި ކަންތައްތަކުގެ ތެރޭގައި އުޅުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު.

އަޅުގަނޑުގެ ހަދާން އެހިސާބަށް ދާއިރު ހަނދާނަށް އަންނަނީ އޭރު ރާއްޖޭގައި ގްރަގާއި ބެހޭގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި އެންމެ ބޮޑަށް ދެއްކުނު ވާހަކަ އަކީ މިކަމާއި ބެހޭ ވާހަކަ ދެއްކުން އެހާ ރަގަޅެއްނޫނޭ. އެވާހަކަ ދައްކާ ކަމަށް ވައްޔާ އެކަމަށް މަޝްއޫރުކަށް ލިބި މި ތަކެތި ބޭނުން ކުރާ ކުދިންވާނީ ގިނައޭ،މީ ނުދައްކާ ވާހަކަ އެއްގޮތުގައި މީ ފޮރުވާފައިވާ ވާހަކަ އެއްގެ ގޮތުގައި ސިއްރުކޮށްފައި ބޭވުން މާރަގަޅޭ. އެގޮތަށް އެކަން ބައްޓަންވެގެން ދިޔައީ، މިހިސާބަށް އައިއިރު މިކަމަކީ ފޮރުވާފަ ރައްކާކޮށްފައި އޭގަ މަތީގަ މަތިޖަހާފައި ބޭއްވޭ ވަރު ކަމަކަށް ވުރެ ބޮޑުއެއްޗެއް، ކޮންމެ އާއިލާއަކަށް ވިސްނަލިޔަސް އެއާއިލާއެއްގައި ޑްރަގްގެ ވަބާގެ ހިތްދަތިކަން ތަހައްމަލް ކުރަމުންދާ ކުއްޖަކު، މީހަކު ނެތް އާއިލާއެއް މަދޭ ބުނުމަކީ ދޮގަކަށް ނުވާނެ. އެއީ މިއަދުގެ ހާލަތު.

އަދި މިކަމުގެ ނާގާބިލު ކަމުގެ ފައިދާ ނެގުމުގެ ގޮތުން މިކަމުގެ ވިޔަފާރި ކުރަމުންދާ މީހުން އެތައްސަތޭކަ ކިލޯއެއްގެ މަސްތުވާ ތަކެތި އެތެރެކޮށް، އެ ވިޔަފާތި ކޮށް އެތައްފައިދާ ނަގަމުން އެބަދޭ، އެމީހުންނާއި އެއްހަމައެއްގައި ޑްރަގްގެ ވަބާބެ ވިކްޓިމްސްއަށް އަދަބު ދެވެމުން ދިޔަ ނިޒާމެއްވެސް އަޅުގަނޑު މެއްނަށް ފެނިގެން ދިޔަ.

ޑްރަގްބޭނުން ކުރާކުދިން އުމުރަށް ޖަލަށް ލަމުން ގެންދިޔަ ޒަމާނެތްވެސް އަޅުގަނޑުމެއް ދުށިން. އަޅުގަނޑު ހަނދާން އެބަހުރި އެންމެ ފުރަތަމަ ޑްރަގް ބޭނުން ކުރާ ކުއްޖަކު އުމުރަށް ޖަލައްލުމަށް ހުކުމު ކުރި ދުވަހު އެކުއްޖާ އަނބުރާ ގަނަގެން ކޯޓުގެ ތެރެއަށް ވެއްޓުނު ހަބަރު. މިދައްކަނީ 1990 ގެ ފަހުކޮޅުގެ ވާހަކަ. އެއީ އެޒަމާނުގެ ހާލަތު. އުމުރަށް ޖަލައްލުމުގެ ގާނޫނު ތަންފީޒު ކުރަމުންގޮސް 2004 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް ދިޔައިރު ރާއްޖޭގެ ޖަލުތަކުގައި އުމުރަށް ޖަލައްލައިފައިވާ ލައްކަ ގިނަ ކުދިންތައް ތިބި.

އޭރުގެ ރައީސް، ރައީސް އަލްއުސްޘާޒު މައުމޫނު އަބްދުލް ޣައްޔޫމް މާލެ އާއި ރާއްޖޭގެ ކަންކޮޅު ތަކުގެ މީހުންނާއި ބައްދަލު ކުރަށް ފެއްޓެވި ފެއްޓެވުމެއްގައި އެމަނިކުފާނަށް އެންމެ ގިނަ އިން މީހުންގެ ފަރާތުން އަންނަމުން ދިޔަ އެދުމަކީ ޖަލަށް ލާފައި ތިބި ކުދިން މިނިވަން ކޮށްދެއްވާ އެކުދިންނަށް ފަރުވާ ލިބޭނެ ގޮތެއް ހައްދަވާ ދެއްވާށޭ، އެކަމާއި ގުޅިގެން ޤާނޫނަށް އައި ބަދަލަކާއި އެކު ވަރަށް ގިނަ ކުދިންނަށް ލުއި ލިބިގެން ދިޔަ. އެހެން ނަމަވެސް މިހާތަނަށް އައިއިރުވެސް އަޅުގަނޑުމެއްނަށް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި މިކަމުގެ ފަރުވާލިބޭނެ ނިޒާމުތަކެއް ކަނޑައަޅާ ހިންގުމުގަ މިވަނީ ދަތިތަކެއް ކުރި މަތިވެފަ.

އެހެން ނަމަވެސް މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަހްމަދި ނަސީމުގެ ބެއްލެވުމުގެ ދަށުން އެން.ޑީ.އޭ ހިންގުންތެރިންނާއި އެކު މިހާރުމިވަނީ ރަގަނޅު މިސްޓާބަކަށް މި މަސައްކަތް ފެށިފަ. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަފެނޭ ވިޔަފާރިކޮށްގެން އެވިޔަފާރިން ފައިދާނަގާ މީހުންނާއި އެމީހުން އެތެރެކުރާ މަސްތުވާތަކެތީގެ ވަބާއިން ވިކްޓިމައިޒް ވެފައިވާ މީހުން، މި ތަފާތުގެންނަށް، އެއީ އަޅުގަނޑުމެންގެ މިއަދުގެ ސަރުކާރުގެ ވިސްނުމަކީ، ރައީސް އިބްރާހިމް ސޯލިހުގެ ވިސްނުން ފުޅަކީ،

މިއަދު މިހުޅުވޭ ވިލުނު ހުޅުވިގެން މިދަނީ އިންޑިއާ ސަރުކާރުގެ ވެސް އެހީއާ އެކުގައި ކަން އެއީ ވަރަށް ބޮޑު ފާލެއް. އަޅޫގަނޑުމެން މިވަގުތު އިންޑިއާ އާއި ގުޅިގެން ކުރިއަށް ގެންދަވާ އެންމެ ބޮޑު އެއްކަމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް އެމަގުތައް ބަންދު ކުރުން. އެތަކެތި ރާއްޖެއަށް އެތެރެވިޔަ ނުދިނުން. ސެކިއުރިޓީއާއި އިންޓެލިގެންސީގެ ދަށުން އެފަދަ ތަކެތި ހޯދާ ދެނެގަނެ ވިޔަފާރި ކުރާމީހުން ހުއްޓުވުން. އެކަމާއި ރުޅިއައިސްގެން އެކަންކަމަށް ހުރަސް އަޅަން މަސައްކަތް ކުރާ މީހުން ރާއްޖޭގެ ރައްޔިތުންނަށް ފެނި ވަޑައިނަވާނެ. ޒާއްޒާތުގެ ނަންނަމުގައި ޒާތްޒާތުގެ ބަހަނާގައި ނުކުމެ މި މަސައްކަތައް މި ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން ސަލާމާތްވާން މިންޖުވާން މިކުރާ މަސައްކަތައް ހުރަސް އެޅުމަށް ޓަކައި މަސައްކަތް ކުރާމީހުން އެތިބީ ފެންނަށް.

އޮނަރަބަލް އަހްމަދު ނަސީމުގެ ވާހަކައިގައި އެވިދާޅުވީ ވިލުނުގެ މާނައަކީ "އުއްމީދޭ" މިއަދު ދިވެހިރާއްޖެއާ އިންޑިއާ އާ ދެމެދު އަތުގުޅާލައިގެން މި ފަށާ މަސައްކަތަކީ ﷲގެ ހެޔޮ ރަހްމަތް ފުޅާއެކު ރާއްޖޭގެ ހުރިހާ ރަށް ތަކަށް ފިސާރި އުންމީދެއް ލިބޭނެ ކަމެއް. އަޅުގަނޑުމެން މި ނިކުތީ މިކަންކަމުގައި ހައްލެއް ހޯދަން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ އާއިލާތަކަށް، އެ އެހީތެރިކަން ދިނުމަށް. އަދި މިކަމުގައި ވިޔަފާރިކޮށް ވިޔަފާރީގެ ބޭނުމުން އެލިބޭ ނަހަމަ ފައިދާތައް ނަގާގެން ރާއްޖޭގެ ޒުވާންޖީލެއް ހަލާކޮށްލަށް އެއުޅޭ މީހުންނާ އިދިކޮޅަށް ފިސާރި ކެރިގެން. އެކަމުގެ އެންމެ ކުރީގައި އެހުންނެވީ ރާއްޖޭގެ ހިތްވަރުގަދަ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހް. އެމަނިކްފާނުގެ ފަހަތް ޕުޅުގައި މުޅި ރާއްޖެ މިވަނީ ފޫގަޅާލައިފާނުކުމެ ﷲގެ ހެޔޮރަހްމަތް ފުޅާ އެކު އަޅުގަނޑުމެން މިކަން ކާމިޔާބު ކުރާނަން.

އަޅުގަނޑު މިފުރުސަތުގައި އިންޑިއާގެ އިއްޒަތްތެރި ބޮޑުވަޒީރު ނަރިންދަރު މޯދީއަށް އިހްލާސްތެރި ޝުކުރެއް ދަންނަވަން. އެކްސްޓަނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރަށް އިހްލާސްތެރި ޝުކުރެއް ދަންނަވަން. އިންޑިއާގެ އަޅުގަނޑުމެންގެ އެކުވެރި އެންމެހާ ރައްޔިތުންނަށް ހިފެހެއްޓުމެއްނެތި އިހްލާސްތެރި ޝުކުރެއް ދަންނަވާ ހެޔޮއެދުން ފޮނުވަން. ވައްސަލާމްއަލައިކުމް.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960